Progressive Party of Maldives

  • 0
    0
    Days
  • 0
    0
    Hours
  • 0
    0
    Minutes
  • 0
    0
    Seconds

LATEST NEWS

0
SPORTS PROJECTS
0
ENERGY PROJECTS
0
HEALTH PROJECTS
0
WASTE MANAGEMENT PROJECTS
WHY PPM?

ޕީޕީއެމް އަކީ ޑިމޮކްރެޓިކް އުސޫލްތަކާއި އިސްލާމީ ވަހުދަތާއި އެއްގޮތަށް “އެންމެ ފުރަތަމަ ޤައުމު” ގެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ފައިދާކުރުވަނިވި ތަރައްޤީގެ މަޝްރޫއުތަށް ހިންގާ ރައްޔިތުނަށް އުފާވެރިކަން ގެނުވައިދޭ އަދި ރައްޔިތުންގެ ވެރިކަމެއް ކުރާ ޕާޓީއެކެވެ

MANIFESTO
PROMISES

ކުރިއަށް އޮތް 5 އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

މިހާތަނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް 24 ޖޫން އިން 15 އޮގަސްޓް 2018 އަށް

ކުޅިވަރު

ތާރީހް ރަށް ވައުދު
1 17 ޖުލައި ހދ. ނޮޅިވަރަމްގައި ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި އެންމެ ޒަމާނީ ބޮޑެތި ފުޓްބޯޅަ ސްޓޭޑިއަމް އެޅުމުގެ ވިސްނުންތަކެއް އެބަހުރި
2 19 ޖުލައި މ. ދިއްގަރު އަޅުގަނޑުމެން ބަލާނަން ހަމަ އެންމެ ރަނގަޅު ފެންވަރުގެ ފިޒިއޮތެރަޕީ ސްޕޯޓްސް ޑިޕާޓްމަންޓްތައް، މިދެންނެވި ސަރަޙައްދީ ހޮސްޕިޓަލްތަކުގައި ޤާއިމުކުރެވޭތޯ
3 13 އޮގަސްޓް ތ. ބުރުނި ބުރުނީގައި ފުޓްސަލް ދަނޑެއް އަޅައިދޭނަން
4 14 އޮގަސްޓް ތ. ވިލުފުށި ފުޓްސަލް ދަނޑެއް އަޅައިދޭނަން

ބޭންކިން

ތާރީހް ރަށް ވައުދު
1 7 އޮގަސްޓް ގދ. ފަރެސްމާތޮޑާ ކުރިއަށް އޮތް ފަސް އަހަރުތެރޭގައި 2500ވުރެ އާބާދީ ބޮޑު ކޮންމެ ރަށެއްގައި ބޭންކެއް އަދި 1500 އަށްވުރެ ބޮޑު އާބާދީގެ ރަށްރަށުގައި ATM ބަހައްޓާނަން
2 13 އޮގަސްޓް ތ. ތިމަރަފުށި ތިމަރަފުށީގައި ބޭންކް ބްރާންޗެއްގެ ހިދުމަތް ގާއިމްކޮށްދޭނަން

ފަތުރުވެރިކަން

1         ޓުވަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް އެމްޕްލޯއިމަންޓް ބެނިފިޓް ސްކީމެއް ތައާރަފް ކުރާނަން. ބޭނުންވަނީ ދިމާވާ ކަންކަން ހައްލުކޮށް، ޓްރޭނިންދީ މާލީގޮތުން ބާރުވެރިކުރުވުން. ފުރަތަމަ ފަށާނީ ވެސް ސަރުކާރުން ދޭ 100 މިލިއަން ރުފިޔާގެ ރައުސޫމާލަކުން. ތަރުހީބު ލިބޭނަމަ 500 މިލިއަނާ ހަމައަށް މިއަދަދު ގެންދާނަން. މުވައްޒަފުންގެ މުސާރައިން ތަކުލީފު އުފުލަން ނުޖެހޭ ވަރުގެ ކޮންމެވެސް އެއްޗެއްލާނަން މި ސްކީމަށް. މިގޮތަށް މިކަން ކުރަނީ މުވައްޒަފުން ވިސްނަންޖެހޭ ކަންކަން ހުރުމުން.

ޒުވާނުންނަށް އެންމެ ބޭނުންވެފައިވަނީ ވަޒީފާ. މި ސްކީމުގެ ތެރެއިން ޒުވާނުންނަށް ބޭނުންވާ ގިނަކަން ފުރިހަމަވާނެ

ރަށުގައި ނުވަތަ މާލެ ސަރަހައްދުން ގެދޮރު ހޯދުމަށް މި ސްކީމުގެ ތެރެއިން ޑިޕޮޒިޓް ފައިސާ ބަހައްޓާނަން. އަދި ޒުވާނުން ބޭނުންވާނަމަ އަދި ސްކީމަށް ތަރުހީބުލިބޭނަމަ ހިޔާވަހި މަޝްރޫއުތަކުގެ ތެރެއިން މި ސްކީމަށް ކޮންމެވެސް ވަރެއް ހާއްސަ ކުރެވިދާނެ. މިއާއެކު މުޅި ގެ ހަދަން ނުވަތަ ކޮޓަރިއަށް ހަދަން ބޭނުންވެއްޖިއްޔާ އެކަން ވެސް ކުރެވޭނެ

·        އަމިއްލަ އާއިލާ އަށް، ދަރިންނަށް ތައުލީމްދޭން ނުވަތަ  ބޭސްފަރުވާއަށް ދާން ބޭނުންވަންޏާ އެކަން ވެސް މި ސްކީމުގެ ތެރެއިން ކުރެވޭނެ

·        އިންވެސްޓްމަންޓް އޮޕޮޗިއުނިޓީ މިސްކީމުގެ ތެރެއިން ލިބޭނެ. ލިބޭ ފައިސާއިން އިތުރު ފައިސާ ހޯދަން ފުރުސަތު ހޯދައިދޭނަން. މިސާލަކަށް ދިރާގު ކަހަލަ ކުންފުނިތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހޯދައިދޭނަން. ޒުވާނުން ބޭނުންވަންޏާ މި ކުންފުނިތަކުން ނުވަތަ  ޕްރައިވެޓް ސެކްޓާއިން އިންވެސްޓް ކުރަންކަމަށްވަންޏާ އެ ފުރުސަތު ވެސް ހޯދައިދޭނަން

·        އެންމެ ހާއްސަ ކަމަކީ އިންޓަގްރޭޓަޑް ޓުވަރިޒަމަށް ކޮންފިޑެންސް ހޯދައިދޭނަން. މެދުފަންތީގެ ވިޔަފާރިވެރިންނަށް އެންމެންގެ މުދާގެ އުސޫލުން ސަރުކާރުގެ ކޮންމެވެސް ވަރެއްގެ ހިއްސާއެއް ނަގާފައި ޕްރޮޖެކްޓް ފެއިލްނުވާނެ ކަމުގެ ޔަގީންކަން ހޯދައިދޭނަން. އަނެއް ބޭނުމަކީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ކުދިންނަށް އެކުދިންގެ މަސައްކަތް ކުރާ ރިސޯޓްތަކުގެ ހިއްސާ ގަތުމުގެ ފުރުސަތު ވެސް ހޯދައިދޭނަން

ތާރީހް ރަށް ވައުދު
1 17 ޖުލައި ހދ. ނޮޅިވަރަމްގައި މި ސަރުކާރުން ހއ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަމަށް އަމާޒުކޮށްގެން 3000 އެނދު އަޅާނެ. އަދި ގެސްޓް ހައުސްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްދޭނެ
2 18 ޖުލައި ހއ. ހޯރަފުށި ހޯރަފުށީ ފަޅަކީ 8000 ހެކްޓަރު ހިއްކެން އޮތް ތަނެއް. ހުޅުމާލޭގައި ކުރީގެ ސަރުކާރާއި މިސަރުކާރުން ހިއްކި ސަރަހައްދަކީ 500 ހެކްޓަރުބިން. މިހެންވީމަ ރާއްޖޭގައި ބިމުގެ މުއްސަދިކަން އެބައޮތް. ފުރުސަތު ދެއްވައިފިއްޔާ މި ފަޅުގެ ބޭނުން އަޅުގަނޑުކުރާނަން
3 24 ޖޫން ކ. މާފުށި މި އަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން އިޢުލާނު ކުރާނަން މާލެއަތޮޅުން 5 ފަޅެއް. އެއީ ޓޫރިޒަމްގެ ބޭނުންތަކަށް ތަރައްޤީ ކުރަން
4 1 އޮގަސްޓް 50 ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު

(ދަރުބާރުގެ)

5 7 އޮގަސްޓް ގދ. މަޑަވެލި ·        ގއ. ގދ.ގައި ފުރަތަމަ 3 އަހަރުގައި އެކަނި ފަތުރުވެރިކަމަށް 10000 އެނދު އުފައްދާނެ. ގދ. ގައި 6000 އެނދު، ގއ.ގައި 4000 އެނދު. މަޑަވެލި، ހޯނޑެއްދޫ، ނަޑައްލާގައި 1400 އެނދު ތަރައްގީ ކުރާނަން. ޖަރީޒާ ކޮންސެޕްޓްގައި މިކަމެއް ނާންނާނެ
6 7 އޮގަސްޓް ގދ. މަޑަވެލި ·        ގއ. ގދ. އަކީ ބޮޑު އަތޮޅެއް. މިއީ ޓުވަރިޒަމްގެ ހަބަކަށްވާނެ. ކާޑެއްދޫ އެއާޕޯޓް ކުރިއަށް އޮތް ތިން އަހަރު ބައިނަލް އަގްވާމީ އެއާޕޯޓަކަށް ވެގެންދާނެ
7 7 އޮގަސްޓް ގދ. ފަރެސްމާތޮޑާ ·        ގއ. އަދި ގދ. ވެގެންދާނީ ފަތުރުވެރިކަމުގެ ނާރެހަކަށް. ގއ. ގދ.ގެ 10000 އެނދުގެ ތެރެއިން 3000 އެނދު ފަރެސްމާތޮޑާ ދާއިރާ އަށް ހާއްސަކުރާނަން. އެއީ 15 ރަށް. މިއީ 500 މިލިއަން ރުފިޔާ. މިއާއެކު 5000 ޒުވާނުންނަށް ވަޒީފާ ލިބޭނެ
8 7 އޮގަސްޓް ގދ. ގައްދޫ ·        ކުރިއަށް އޮތް ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ގދ. ގައި 6000 އެނދު ތަރައްގީ ކުރާނަން. ގައްދޫ ދާއިރާގައި 21 ރަށް ތަރައްގީ ކުރަންޖެހޭނެ. މިދާއިރާގައި 4200 އެނދު ތަރައްގީ ކުރެވޭނެ. މިއީ 7000 ޒުވާނުންގެ ވަޒީފާ. ޓުވަރިޒަމް ދާއިރާގެ ބޮޑު މަންފާ ކުރިމަގުގައި ލިބެން އޮތީ ހުވަދު އަތޮޅަށް
9 8 އޮގަސްޓް ގއ. ކޮނޑޭ ·        ކުރިއަށް އޮތް ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ގއ. ގައި 4000 އެނދު ތަރައްގީ ކުރާނަން. ކޮނޑޭ ދާއިރާގައި 4 ރަށް ތަރައްގީ ކުރާނެ. މިދާއިރާގައި 800 އެނދު ތަރައްގީ ކުރެވޭނެ. މިއީ 1500 ޒުވާނުންގެ ވަޒީފާ
10 8 އޮގަސްޓް ގއ. ކޮލަމާފުށި ·        ކުރިއަށް އޮތް ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ގއ. ގައި 4000 އެނދު ތަރައްގީ ކުރާނަން. ކޮލަމާފުށީގައި ކައިރީގައި 3 ރިސޯޓް ތަރައްގީ ކުރާނެ
11 8 އޮގަސްޓް ގއ. ވިލިނގިލި ·        ކުރިއަށް އޮތް ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ގއ. ގައި 4000 އެނދު ތަރައްގީ ކުރާނަން. ވިލިނގިލީގައި  ދާއިރާގައި 3 ރިސޯޓް ތަރައްގީ ކުރާނެ. މިއީ 600 އެނދު. 1000 އާވަޒީފާ އުފެދޭނެ

މަސްވެރިކަން

ތާރީހް ރަށް ވައުދު
1 18 ޖުލައި ހއ. ހޯރަފުށި ރީނދޫ އުރަހަ ކަންނެލި ގަންނާނެ އެންމެ ކުޑައަގެއް ކަނޑައަޅާނެ. މަސްވެރި ދާއިރާތަކުގައި އައިސްޕްލާންޓްތައް މި ދައުރުގައި އެޅިއްޖެ. އިތުރު އައިސްޕްލާންޓާއި މަސްފެކްޓަރީތައް (އަންނަ ދައުރުގައި) އަޅާނަން. ބާނާ މަހަށް ވަގުތުން ވަގުތަށް ފައިސާދެވޭނެ ގޮތެއް ހޯދައިދޭނަން
2 18 ޖުލައި ހއ. ހޯރަފުށި މަސްވެރިންނަށް ހާއްސަ އައިޑީކާޑެއް ތައާރަފްކުރާނެ. އެއިރުން އާއްމު ހިދުމަތްތައް ހޯދަން ކިޔޫގައި ތިބޭކަށް ނުޖެހޭނެ
3 މ. ދިއްގަރު ސައުދީ ސަރުކާރުން މިދޭ އެހީގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް މިދެނީ، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާގައި މިހާރު ޙައްލުނުވެ ހުރި ހުރިހާ މައްސަލަތައް ޙައްލު ކުރަން. އަދި އިތުރު މަސް ފެކްޓްރީ ހެދުމަށް ބޭނުންވާ ފައިސާ ދިނުމާއެކީ، ދެން އެންމެބޮޑު ހޭދައެއް މި އެހީއިން ލިބިގެން މިދަނީ ބޯހިޔާވަހިކަމަށް
4 7 އޮގަސްޓް ގދ. މަޑަވެލި ކުރިއަށް އޮތް 5 އަހަރުތެރޭގައި މަސްވެރި ރަށްރަށުގައި އައިސްޕްލާންޓް އަޅާނަން. މީގެ ތެރޭގައި ގދ. މަޑަވެލި ހިމެނޭނެ
5 7 އޮގަސްޓް ގދ. މަޑަވެލި އާ ޖީލެއްގެ އާދޯނި ފަހަރު ގާއިމްކުރާނެ. އަމިއްލަ އަށް ދޯނީގެ އައިސް އުފައްދާނެ. ފިޝަރީޒުން އެދަނީ އެކަން ކުރަމުން
6 7 އޮގަސްޓް ގދ. ފަރެސް މާތޮޑާ މަސްވެރި ދޯނި ފަހަރަށް ކްރިޑެޓް ނުވަތަ ޑެބިޓް ކާޑެއް ދޫކުރާނަން. ހުރިހާ ކަމަކަށް މިކާޑުގެ ބޭނުން ކުރެވޭނެ. STOގެ ހުރިހާ ތަކެއްޗެއް ގަންނަން ނުވަތަ ހޯދަން މިކާޑު ބޭނުން ކުރާނެ. ފިނޭންސް އާއި STO އާއި މިފްކޯ ގުޅިގެން 100 މިލިއަން ރުފިޔާގެ ސްކީމެއް މަސްވެރިންނަށް ތައާރަފްކުރާނެ. މީގެ ކުރިން މަސްވެރިންނަށް ބާނާ މަހުގެ ހަމައަގު ނުލިބުން ހައްލު ކުރެވޭނެ

ބޯހިޔާވަހިކަން

ތާރީހް ރަށް ވައުދު
1 26 ޖުލައި (މިނިވަންދުވަހުގެ ޖަލްސާގައި) ވިލިމާލޭ 2 ގައި 315,000 މީހުންގެ އާބާދީއަށް ބޭނުންވާ ވަސީލަތްތަކާއެކު 2 ވަނަ ޝަހަރު ތަރައްޤީކޮށް މާލެއާ ގުޅައިލެވޭނެ. އާދެ، މި މަޝްރޫޢު، Hiyaa Accomplished މަޝްރޫޢުގެ ތެރެއިން،މިހާރު ގެދޮރުނެތް 18 އަހަރުން މަތީގެ މީހުންނަށާއި، މި އިޙްތިފާލު ކުރަމުންގެންދާ މިއަދުގެ މިނިވަންދުވަހުން ފެށިގެން، 2030 ވަނަ އަހަރުގެ މިނިވަންދުވަހާ ހަމަޔަށް 18 އަހަރު ފުރެމުންދާ ހަމަ ކޮންމެ ދިވެހި ޒުވާނަކަށްމެ، މަދުވެގެން 1000 އަކަފޫޓުގެ ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބިދެވޭނެ. ﷲގެ އިރާދަފުޅުން ހިޔާވަހިކަމެއްނެތް ދިވެއްސަކު އިރާދަކުރެއްވިއްޔާ ދެނެއް ރާއްޖެއަކު ނުހުންނާނެ
2 10 ޖުލައި މ. މުލި މުލީގައި އެޕާޓްމަންޓްތަކެއް އަޅަން ބޭނުން. ކައުންސިލުން ބިންކޮޅެއް ހުސްކޮށް ބާއްވައިދޭން ބޭނުން
3 13 އޮގަސްޓް ތ. ތިމަރަފުށި އަންނަ ހަފުތާގައި މުޅި ރަށުގެ ލޭންޑްޔޫސް ޕްލޭން ނިންމައި ކައުންސިލުން ބޭނުންވާ ގޮތަކަށް ބިން ދޫކުރަން ކުރިއަށްގެންދެވޭނެ.

 

ވަޒީފާ

މ. އަތޮޅުގެ ފަސް ފަޅެއް މި އަހަރު ބިޑަށް ހުޅުވާލާނެ. އެތަންތަނުން 30000 ވަޒީފާ އިތުރުވެގެންދާނެ

ތާރީހް ރަށް ވައުދު
1 24 ޖޫން ކ. ކުރައިދޫ

 

ބިންހިއްކުން

ތާރީހް ރަށް ވައުދު
1 24 ޖޫން ކ. މާފުށި (2018ގައި އަލުން އިންތިޚާބުވެވެޑައިގެންފިނަމަ) އަޅުގަނޑުގެ ޗާޓުގެ އެންމެ ކުރީކޮޅުގައި މި ރަށުގެ ބިން ބޮޑުކުރުމުގެ މަޝްރޫޢު ހިމަނާނަން

ބަނދަރު

ތާރީހް ރަށް ވައުދު
1 19 ޖުލައި މ. ދިއްގަރު އަޅުގަނޑުގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ ވޭވަށުގެ ބަނދަރަކީ ސިނާޢީ، އިޤްތިޞާދީ ބޮޑު ބަނދަރަކަށް އަޅުގަނޑު ހަދާނަން

އިޖްތިމާއީ ތަރައްގީ

ތާރީހް ރަށް ވައުދު
1 24 ޖޫން ކ. މާފުށި ކުޑަކުދިންގެ އިޞްލާޙިއްޔާ ހުރި ބިން ސަރުކާރުން މާފުށީގެ ރައްޔިތުންނަށް ދޫކޮށްލަން. ނިންމައިފިން
2 10 ޖުލައި މ. މުލި ޤާބިލް”. މި މަޝްރޫޢުގެ ދަށުން އަޅުގަނޑުގެ އެންމެ އިސް އެއް ކަމަކަށް ވަނީ، ނުކުޅެދޭ ކުދިންނަށް އިތުރު ކަންތައްތައް ކޮށްދިނުން. ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ކުދިންނަކީ، އެމީހުންނަށް ވަޒީފާގެ ފުރުޞަތު، ނޫނީވިއްޔާ ލޯނު ލިބުމުގެ ފުރުޞަތު، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކޮންމެވެސް ކަހަލަ މައިކްރޯ ކްރެޑިޓް ސްކީމެއްގެ ދަށުން، އަޅުގަނޑުމެން ހަމަޖައްސައިދޭނަން.  އަދި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާ ލިބުމުގެ އިތުރުން، އެކަންވެސް ވާނެ. އެ ނުލިބޭ ކުދިންނަށް އަޅުގަނޑުގެ ސަރުކާރެއްގައި، ހަމަ އިރާދަކުރެއްވިއްޔާ، އެއްވަނަ ދުވަހުން ފެށިގެން މިއިން ކޮންމެ ކުއްޖަކަށް ފަސްހާސް ރުފިޔާގެ ޢިނާޔަތެއް އަޅުގަނޑު ކަށަވަރުކޮށްދޭނަން
3 7 އޮގަސްޓް ގދ. ފަރެސްމާތޮޑާ ކުރިއަށް އޮތް ރިއާސީ ދައުރުގައި ރިޓަޔާ ކުރާ އުމުރު 74 އަހަރަށް މަތިކުރާނަން

ވޭސްޓް މެނޭޖްމަންޓް

ތާރީހް ރަށް ވައުދު
1 24 ޖޫން ކ. މާފުށި އަންނަ އަހަރު (2019)ގެ ތެރޭގައި، މާފުށީގައި ކުނި ކަލެކްޓްކޮށްގެން ތިލަފުށްޓަށް ގެންގޮސް، މާފުށީގައި ކުނި ޖަމާނުވެ، ތިލަފުށީގައި އެންދުމުގެ އިންތިޒާމު ހަމަޖައްސާނެ

އެއާޕޯޓް

ތާރީހް ރަށް ވައުދު
1 24 ޖޫން ކ. މާފުށި ހއ. ހޯރަފުށީގެ ކައިރީގައި އަޅުގަނޑުމެން އެއަރޕޯޓެއް އެޅުމުގެ މަސައްކަތް އެއޮތީ ނިންމާފައި، އިޢުލާނުކޮށްފައި. ށ.އަތޮޅުގައިވެސް އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ
2 10 ޖުލައި މ. މުލި 1.       މުލީގައި އެއާޕޯޓެއް އަޅައިދޭނަން (މުލީ ޖަލްސާ)
3 2 ޖުލައި ށ. ފުނަދޫ އަޅުގަނޑު ބިލެތްފަހީގައި އިޢުލާނު ކުރިން، އިރާދަކުރެއްވިއްޔާ ބިލެތްފަހީގައި އެ ބިތުގައި އަޅުގަނޑުމެން އެއަރޕޯޓެއް އަޅާނަން
4 7 އޮގަސްޓް ގދ. ފަރެސްމާތޮޑާ ފަރެސްމާތޮޑާ އެއާޕޯޓަށް އަންނަ އަހަރު މެދުތެރޭގައި ދަތުރުކުރާނެ
5 8 އޮގަސްޓް ގއ. ވިލިނގިލި ރައީސް ޔާމީން ހޮވިއްޖެނަމަ ގއ. ވިލިނގިލީގައި ބައިނަލް އަގްވާމީ އެއާޕޯޓެއް އަމިއްލަ ކުންފުންޏަކުން އަޅާނެ. މިއާއެކު ހުވަދު އަތޮޅުގައި ސީޕްލޭން ހަބެއް އުފެދިގެންދާނެ

ސިއްހަތު

ތާރީހް ރަށް ވައުދު
1 10 ޖުލައި މ. މުލަކު އަޅުގަނޑުގެ ފަސް އަހަރުގެ ތެރޭގައި، ހަމަ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރަށް ޚިދުމަތްދޭ، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ނެޝަނަލް ހޮސްޕިޓަލެއް އަޅުގަނޑު ޤާއިމުކުރާނަން

ދަތުރުފަތުރު

ތާރީހް ރަށް ވައުދު
1 7 އޮގަސްޓް ގދ. ފަރެސްމާތޮޑާ އިންޓަ އެޓޯލް ޓްރާންސްޕޯޓް ސިސްޓަމެއް ހުވަދު އަތޮޅުގައި ގާއިމްކޮށްދޭނަން

ރަށްގިރުން

ތާރީހް ރަށް ވައުދު
1 15 އޮގަސްޓް ތ. ދިޔަމިގިލި ސަރުކާރުގެ ކުރީކޮޅު ދިޔަމިގިލީގެ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދޭނަން
2 14 އޮގަސްޓް ތ. ބުރުނި ބުރުނީގެ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާނަން.

 

ނަރުދަމާ

ތާރީހް ރަށް ވައުދު
1 15 އޮގަސްޓް ތ. ދިޔަމިގިލި ކުރިއަށް އޮތް ފަސް އަހަރު ގާދިއްފުށީގެ ނަރުދަމާ ވެސް ގާއިމް ވެސް ކޮށްދޭނަން

މަގުހެދުން

ތާރީހް ރަށް ވައުދު
1 13 އޮގަސްޓް ތ. ތިމަރަފުށި ތިމަރަފުށީ މަގު ތާރުއަޅައި އަންނަ އަހަރު ނިންމައިދޭނަން
2 15 އޮގަސްޓް ތ. މަޑިފުށި މަގުތައް ހައްދަވައިދެއްވާނެ.

 

ސާފުބޯފެން

ތާރީހް ރަށް ވައުދު
1 13 އޮގަސްޓް 2018 ތ. ކަނޑޫދޫ ސާފު ބޯފެން ކަނޑޫދޫއަށް ކަށަވަރުކޮށްދޭންޖެހޭ
2 13 އޮގަސްޓް 2018 ތ. ވޭމަންޑޫ އާރޯ ޕްލާންޓް ވޭމަންޑޫގައި އަޅައިދޭނަން
3 14 އޮގަސްޓް 2018 ތ. ވިލިފުށި ސެޕްޓެމްބަރު 23ގެ ކުރިން ވިލިފުށީ ރައްޔިތުންގެ ގެތަކަށް ސާފުފެން ލިބޭނެ

ކަރަންޓް

ތާރީހް ރަށް ވައުދު
1 13 އޮގަސްޓް ތ. ވޭމަންޑޫ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ޗައިނާ ސަރުކާރާ ވާހަކަ ދައްކައިގެން ގެނައި 30 ޖަނަރޭޓަރުގެ ތެރެއިން ވޭމަންޑޫ އަށް ވެސް ޖަނަރޭޓަރެއް ލިބިގެންދާނެ

VOTE US
އަޅުގަނޑުމެންނަށް ވޯޓް ދެއްވާ

PRESIDENTS SPEECHES